ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބިގެން މުޒާހަރާކުރަން ކޮންސްޓްރަކްޝަން ކުންފުނިތަކުން ތައްޔާރުވެއްޖެ އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން ބުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބިގެން ގިނަ ކުންފުނިތަކުން މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދޭތާ އަށް މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް އެ ކުންފުނިތަކުން ބުންޏެވެ.
އެ ކުންފުނިތަކުން ހިންގި ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރާ ދިނުމަށް ވެސް ވަނީ ދަތިވެފަ އެވެ.
"އަޅުގަނޑުމެންގެ އަތަކު ނެތް މުސާރަ ދޭނެ ފައިސާއް ދެން ކިހިނެތްތޯ ފައިސާ ދޭނީ. ސަރުކާރުން ފައިސާއެއް ނުދިން،" ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިޔަކު ކިޔައިދިނެވެ.
ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރުން ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ. އެގޮތުން ސަރުކާރުގެ ޕްރޮޖެކްޓްތައް މިހާރު ހަވާލުކުރަނީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ، ފެނަކަ، އާރްޑީސީ ފަދަ ކުންފުނިތަކަށެވެ.
މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް އިނދަޖެހި އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އާދަ ގެންގުޅުއްވާ ބޭފުޅެއް، އަމިއްލަ އާއިލާ މަޖިލިސް މެމްބަރުންނާއި، ކްލާސް މޭޓް، އަދި އަވަށްޓެރިން ދެން ހަތަރުކަށިމަތި މާލެ، ބޭފުޅުންނަށް ވަޒީފާ ދެވި، ދައުލަތުގެ ރިޓަޔަރމަންޓް ނަންގަވައިގެން ތިއްބެވި ބޭފުޅުންނަށް ސިޔާސީ މަޤާމް ބެހުމާއި ، މި ބޭބޭފުޅުންގެ ދަރިންނާއި އާއިލާ އަދި ގާތް މީހުންނަށް ރަގަޅު ވަޒީފާތައް ދޭނެޖެހިފަ އޮތުމުން، ބަހާފަ ފައިސާ ބާކީއެއް ނުވާނެތާ!،
ރިޕްލައިލާރި ނުދެެވުނަސް ހެޔޮތާ އެނައްތާލީ ފުލައިޓް ޗާރޓާ ކޮންގެން މެލޭސިޔާއައް، މީގެ ދުވަސް ކޮޅެއް ކުރިން އެއްވެސް ތާކުންތާކު ނުޖެހޭ ދަތުރެއް ޔޫކޭއައް! ސިންގަޕޫރު ބޮޑުވަޒީރައް ބަޖެޓް އެއަރ ލައިންގަ ދަރުތުކުރެވެ، އެއަރ އޭޝިޔާއާ ބަތިކްވެސް މެލޭޝިޔާ އައް ޑައިރެކް ފުލައިޓް އަޅާ!
ރިޕްލައި