އިންޑީއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލް ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ސައިނާ" އަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބެން ފަށައިފި އެވެ.
ޕަރިނީތީ ޗޯޕްރާ ލީޑުން ފެނިގެންދިޔަ މި ފިލްމު ގައި ދައްކުވައިދިނީ ސައިނާގެ ކާމިޔަބީތަކާ ހަމައަށް ވާސިލުވާން އޭނާ ކުރި ބުރަ މަސައްކަތެވެ.
މި ފިލްމު ބެލި މީހުން ވަނީ ޕަރިނީތީ ޗޯޕްރާ ދެއްކި އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ގިނަ މީހުން ގަބޫލުކުރި ގޮތުގައި މިއީ ޕަރިނީތީގެ ވަރުގދަ އެނބުރި އައުމެކެވެ.
އެންމެ ފަހުން ނެޓްފްލިކްސްގައި ނެރުނު ޕަރިނީތީގެ ފިލްމް "ދަ ގާލް އޮން ދަ ޓްރެއިން" އަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިގެން ގޮސްފަ އެވެ.
ހިތަދޫ ފްލެޓަކުން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ޝާހުގެ އުފަން ދުވަހު އޭނާ ނުފެނުނީ ކީއްވެ؟
