ރ. އަތޮޅު ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރީ އިއްޔެ 3:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޕަރަމްޖީތު ސިންހް ރާވަރު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންދާއިރު، މިކަމާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ޣައްޒާގެ ހައްގުގައި ގިނަ ތަރިންތަކަކާ ގުޅުން ކަނޑާލިން: މާކް
އައްސާމް ކާރިސާ: ހާލުގައި ޖެހުނު މީހުންނަށް ސަލްމާންގެ އެހީއެއް!