އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހޮލީވުޑްގެ ބައެއް ތަރިންނާ ގުޅުން ކަނޑާލާފައިވާ ކަމަށް "ހަލްކް"ގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި މާކް ރަފަލޯ ބުނެފި އެވެ.
މާކް ބުނީ ޣައްޒާގައި ހިންގަމުން އަންނަ ޖަރީމާތަކާ ދެކޮޅަށް އަޑު ނުއުފުލާ ހޮލީވުޑްގެ ޔަހޫދީ ފަންނާނުންނާއި ތަރިންނާއެކު އޮތް އަމިއްލަ އަދި އެކުވެރިކަމުގެ ގުޅުންތައް މުޅިން ކަނޑާލާފައިވާނެ ކަމަށެވެ.
ފިލްމީ ދާއިރާގެ ގިނަ ތަރިން އަމިއްލަ ކެރިއަރަށް ކޮށްފާނެ އަސަރަކަށް ބަލައި ހިމޭނުން ތިބިއިރު، މާކް ވަނީ އިންސާނީ ހައްގުތަކަށްވުރެ ބޮޑު އެއްޗެއް ނެތްކަން އަމަލުން ދައްކުވައިދީފަ އެވެ.
އިޒްރޭލުގެ ސަރުކާރާއި ސިފައިންގެ އަމަލުތަކަށް ސީދާ ގޮތުންނާއި ނުސީދާކޮށް ތާއީދުކުރާ ހޮލީވުޑްގެ އެކްޓަރުންނާއި، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުންނާ އޮތް ގުޅުންތައް އޭނާ ވަނީ ހުއްޓާލާފަ އެވެ. ސޯޝަލް މީޑިއާގައިވެސް އެފަދަ ފަރާތްތަކާ ދުރުވެފައިވެ އެވެ.
ރަފަލޯ ބުނެފައިވާ ގޮތުގައި ޣައްޒާގައި ހިންގަމުންދާ "ނަސްލު ނައްތާލުމުގެ" ޖަރީމާތަކާ ދެކޮޅަށް އަޑު ނުއުފުލައި ހިމޭނުން ތިބުމަކީ އަނިޔާވެރިންނަށް ލިބޭ ވާގި ދިނުމެވެ. އެހެން ކަމުން އެފަދަ މީހުންނާއެކު އެކުވެރިކަން ބޭއްވުމަކީ އޭނާގެ އުސޫލުތަކާ ހިލާފު ކަމެކެވެ
ހޮލީވުޑްގެ ބާރުގަދަ ބައެއް ފަރާތްތަކާ ގުޅުން ކަނޑާލުމަކީ އޭނާގެ ފިލްމީ ކެރިއަރަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަން އެނގިހުރެ ވެސް، މާކް ވަނީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ވަރުގަދަ ފިޔަވަޅެއް އަޅާފަ އެވެ.
މާކްގެ މި ނިންމުމަކީ ހޮލީވުޑްގެ އެތެރޭގައި ބޮޑު ބަހުސެއް އުފެދި، ޣައްޒާގެ މައްސަލައިގައި ފަންނާނުންގެ އިހްލާޞްތެރިކަން ވަޒަން ކުރެވޭ މުހިންމު ސަބަބަކަށް ވަނީ ވެފަ އެވެ.
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!
"ހަންކެނޑެ ތަރައްގީނުވި ބަޔަކަށް، ސަވާހެލި ތަރައްގީ ނުކުރެވޭނެ"