މިރޭ މަޣްރިބު ނަމާދު ނިމުުނުތަނާ، ހުޅުމާލެ ސަހަރާ މިސްކިތަށް ވަޅި ހިފައިގެން މީހަކު ވަދެ އިމާމަށް ހަމަލާދޭން މަސައްކަތް ކޮށްފި އެވެ.
ހަމަލާ ދިނުމަށް މަސައްކަތް ކުރުމުން އެ މީހާ ވަނީ ހުއްޓުވާފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިރޭ ހުޅުމާލެ ފޭސް އެކެއްގައި 33 އަހަރުގެ ފިރިހެނަކު މީހަކަށް ވަޅިން ހަމަލާދިނުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި ފުލުސް އޮފިސަރަށް ވެސް ހަމަލާ ދިނުމަށް އޭނާ މަސައްކަތް ކޮށްފައިވާކަމަށް ޝިފާން ވިދާޅުވި އެވެ.
އެނގިފައިވާގޮތުގައި އެ މީހާ މިސްކިތުން ނުކުމެ އޭނާ ހުއްޓުވަން އުޅުނު ފުލުސް މީހާއަށް މަގުމަތިން ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެ އެެވެ. ނަމަވެސް މިހާރު އެ މީހާ ވަނީ ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!