ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަދި ޕްރޮޑިއުސަރު ދަރްމެންދްރާގެ ސިއްހީ ހާލަތާމެދު އާއްމުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.
ދަރްމެންދްރާގެ ސިއްހަތާމެދު ކަންބޮޑުވުން އުފެދިފައި މިވަނީ އޭނާގެ ދޮށީ ދަރިފުޅު ސަނީ ޑިއޯލް، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މުށި ކުލައާއި ނޫކުލައިގެ ހެދުމެއްގައި ނަގާފައިވާ ދަރްމެންދްރާގެ ފޮޓޯއަކާއެކު ހިއްސާ ކޮށްފައިވާ އެ ޕޯސްޓުގައި ސަނީ ބުނެފައިވަނީ ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.
އެއާއެކު ގިނަ ބަޔަކު ވަނީ އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ދަރްމެންދްރާގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދާފަ އެވެ.
"ދަރްމެންދްރާގެ ހާލު ރަނގަޅުތަ؟ ހަމަ ލޮލުން ދަރަމްޖީގެ ފެނިލުމެއް ބަލާލަން ބޭނުން" އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން ދަރްމެންދްރާގެ ހާލުދަށްވެ ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް މިފަހުން އެފަދަ ކަމެއް ދިމާވި ކަން މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
މިހާރު އުމުރުން 88 އަހަރު ވެފައިވާ ދަރްމެންދްރާ އަދިވެސް އަންނަނީ ބޮލީވުޑްގެ ބައެއް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނުނީ ރަންވީރު ސިންހްއާއި އާލިއާ ބަޓްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އިންނެވެ.
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!