ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ޚަލީފާއަށް ފޮނުއްވި ސިޓީފުޅެއް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހަވާލުކުރައްވައިފި އެވެ.
މިނިސްޓަރު ޒަމީރު އެ ސިޓީފުޅު ހަވާލުކޮށްދެއްވީ މިހާރު ބަހުރެއިނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވަ އެވެ.
ސަލްމާން ބިން ހަމަދު އަލް ޚަލީފާއަކީ ބަހްރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ވެސް މެ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރާއްޖެ އާއި ބަހްރެއިންގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ޒަމީރުގެ މި ދަތުރަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ދަތުފުޅުގައި ބަހްރެއިން ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން މިނިސްޓަރު ޒަމީރު ކުރެއްވި ނުވަ ދަތުރުފުޅަކަށް ޖުމްލަ 972,261.22 ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކެއުމަށްފަހު ހެދޭ ގޯހަކުން ލޭގެ ހަކުރުގެ މިންވަރު މަތިވޭ!
ބިގް ބޭންގް ތިއަރީއަކީ ހިތި ތަޖުރިބާއެއް ކަމަށް ޖިމް ބުނީ ކީއްވެ؟
ނޫސްވެރިޔާ ސާއިދުގެ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެނީ
