ކޮލީން ހޫވާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "އިޓް އެންޑްސް ވިތް އަސް" ގެ މައި ދެ އެކްޓަރުންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
އެކްޓަރު ބްލޭކް ލައިލްވީ އަދި ޖަސްޓިން ބަލްޑޯނީ އަކީ މި ފިލްމްގެ ދެ ލީޑުންނެވެ. މި ދެމީހުންގެ މެދުގައި މައްސަލަ ޖެހި ދެތަރިން އެކީގައި ނުފެންނަތާ ދެ ހަފްތާ ވަރުވެއްޖެ އެވެ. އެންމެ ފަހުން ބޭއްވި ޕްރެސް އިވެންޓުތަކުގައި އެކްޓަރު ޖަސްޓިން ބަލްޑޯނީ ބައިވެރިއެއް ނުވެ އެވެ.
ފިލްމްގެ ތަރިންނަށް ޖަސްޓިން އާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނޫސްވެރިން ކުރުމުން ވަނީ ވާހަކަ އޮޅުވާލާ ސުވާލަށް ޖަވާބެއް ނުދެ އެވެ. ހުރިހާ ކާސްޓް މެންބަރުން ވެސް ޖަސްޓިން އިންސްޓަގްރާމުން ފޮލޯ ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.
ޖަސްޓިން އަދި ބްލޭކްގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއްކަން ސާފު ނޫން ނަމަވެސް މީސް މީޑިއާގައި މިކަމާ ގުޅޭ އެތައް ވާހަކައެއް ދަނީ ފެތުރެމުންނެވެ. ބެލެވޭ ގޮތުގައި މި ދެތަރިންގެ ދެމެދުގައި ޖެހިފައި ވަނީ ފިލްމުގެ ކްރިއޭޓިވް ކަންކަމާ ގުޅޭ މައްސަލައެކެވެ.
ގެވެށި އަނިޔާ އާ ގުޅޭ ފިލްމެއް ކަމަށްވާ "އިޓް އެންޑްސް ވިތް އަސް" ވަނީ އޮގަސްޓް 9 ވަނަ ދުވަހު ރިލީޒްކޮށްފަ އެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް