ކަލާސް އިން ދުރަށް ދައްކާ މަގުބޫލު ޓީވީ ޝޯ "ބިގްބޮސް"ގެ 18 ވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހުން ފަށަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހުށައަޅައިދޭ ބިގްބޮސްގެ މިފަހަރުގެ ސީޒަންއަކީ ވެސް ބެލުންތެރިން ގަޔާވާނެ ފަދަ ގިނަ ކަންތައްތަކެއް ހިމެނޭނެ ޝޯއެކެވެ. އެގޮތުން މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ގޮތުގައި ފެންނާނެ ކަމަށް އަޑު އަރާފައިވާ ތަރިންގެ ތެރޭގައި އަރްޖުން ބިޖްލާނީ، ޝުއައިބް އިބްރާހީމް، ކަރަން ޕަޓޭލް އަދި ސަމީރާ ރެޑީ ހިމެނެ އެވެ.
އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އެ ޝޯ ޕްރިމިއާ ކުރާއިރު މި ސީޒަނުގައި އެހެން ސީޒަންތަކާ ތަފާތު ކަންތައްތަކެއް ހުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ކަލާސްއިން ބިގްބޮސް 18 އިއުލާން ކޮށްފައި މިވަނީ އަނިލް ކަޕޫރު ހުށައަޅައިދިން ބިގްބޮސް އޯޓީޓީ 3 ނިމުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ޝޯ ކާމިޔާބުކުރީ ސަނާ މަކްބުލް އެވެ.
އެމްޑީޕީގެ ކެމްޕޭން ބެނާތަކެއް އެމްޓީސީސީން ނަގައިފި
ޝާހްރުކް ޚާންގެ "ދޭވްދާސް"ގައި ސަލްމާންގެ މަންޒަރެއް!
2 ގައުމުގެ ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާކުރި