އާންމު އިޖުތިމާއީ މިންގަޑާ ހިލާފު ކޮންޓެންޓް އާންމުކުރާ މައްސަލާގައި "ދެންމެ" ވެބްސައިޓް ބްލޮކްކުރަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މީޑިއާ ކައުންސިލުން ބުނީ "ދެންމެ" ވެބްސައިޓު ބްލޮކް ކުރަން ނިންމީ އާންމު އިޖުތިމާއީ ލިޔުންތައް އެ ވެބްސައިޓުގައި ޝާއިއު ކުރަމުން ގެންދިޔުމާ ގުޅިގެން، އެކަން އެގޮތަށް ނުކުރަން އިންޒާރު ދީފައި ވަނިކޮށް ވެސް ތަކުރާރުކޮށް އެކަން ކުރަމުން ދިޔުމާ ގުޅިގެން ކަމަށެވެ.
މި މައްސަލަ މީޑިއާ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީން ބެލިއިރު، އެ ވެބްސައިޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ވެސް ނޫން ކަމަށާއި އެ ވެބްސައިޓުން އާންމުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ނުވަތަ އެފަދަ މަންޒަރު ސިފަވާ އެތައް ލިޔުމެއް އެ ވެބްސައިޓުން އާންމުކޮށްފައިވާ ކަމަށެވެ.
އެ ވެބްސައިޓުން ކޮންމެ ދުވަހަކު މަދުވެގެން އެފަދަ އެއް ލިޔުން އާންމުކުރާ ކަމަށާއި އެފަދަ އިޖުތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.
މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުން މި ފަހުގެ ތާރީހެއްގައި މިގޮތަށް ބްލޮކް ކުރަން އެންގި ފުރަތަމަ ވެބްސައިޓެވެ.
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
ނިއުޔޯކްގެ މޭޔަރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު ހޮވައިފި