ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ރީޔޫނިއަންއެއް އަނެއްކާވެސް ބެލުންތެރިންނާ ހަމައަށް އަންނަން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
އިންޓަނެޓުގައި މިހާރު ދައުރުވަމުން އަންނަ ޓްރެއިލާއެއްގައި އެ ޝޯގެ ފަސް ތަރިން މެތިއު ޕެރީގެ ކެރެކްޓަރު ޗޭންޑްލާގެ ޖަނާޒާއަށްދާ މަންޒަރު ފެނެ އެވެ.
ބުނެވޭ ގޮތުގައި 2025 ވަނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ރީޔުނީއަންއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރުވި މެތިއުގެ ހަނދާނުގައި ބާކީ ތިބި ތަރިން ރޭވި ރީޔޫނިއަންއެކެވެ.
މެތިއު މަރުވުމުގެ ކުރިން 2021 ވަނަ އަހަރު އެ ޝޯގެ ހުރިހާ ތަރިން ވަނީ އެޗްބީއޯ މެކްސްއިން އުފެއްދި ފްރެންޑްސްގެ ރަސްމީ ރީޔޫނިއަންއަކުން ފެނިގެން ގޮސްފަ އެވެ.
ސަޕޯޓަރުން އަމިއްލައަށް އުފައްދާ ޓްރެއިލާތައް ގިނަވެފައިވާ މި ދުވަސްވަރު މިހާރު އާއްމުވެގެން އުޅޭ ޓްރެއިލާއާ މެދުވެސް ސުވާލު އުފެދެ އެވެ.
އެގޮތުން އެއީ އަސްލު ޓްރެއިލާއެއް ނޫން ކަމަށާއި އެކަމަކީ މެތިއު ޕެރީއަށް ވެސް އިހުތިރާމް ކުޑަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން