އެމެރިކާގެ ކެލިފޯނިއާގައި ފުރަތަމަ ފަހަރަށް ކަޅު ސާރިދޯޅެއް މީހަކު މަރާލައިފި އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ކެލިފޯނިއާގެ މީހުން މަދުން އުޅޭ ފަރުބަދަ ހިސާބެއްގައި ދިރިއުޅުނު 71 އަހަރުގެ ޕެޓްރިސް މިލާ ނަމަކަށް ކިޔާ އަންހެނެކެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ނުފެންނަތާ މާގިނަ ދުވަސްވާތީ އަވައްޓެރިން ރިޕޯޓް ކުރުމުން ފުލުހުން ގޮސް ގެ ފާސްކުރުމުންނެވެ. ފުލުހުން ފުރަތަމަ ހީކޮށްފައިވަނީ އޭނާ މަރުވެފައިވަނީ ގުދުރަތީގޮތުން ކަމަށެވެ. އަދި ސާރިދޯޅު އޭނާގެ ހަށިގަނޑުގެ ވަހަށް ގެެޔަށް ވަނީ ކަމަށެވެ.
ނަމަވެސް ޕެޓްރީސިއާގެ ޑީއެންއޭ އަދި އޮޓޮޕްސީ ހެދުމަށްފަހު އޭނާ މަރުވެފައިވަނީ ސާރިދޯޅުގެ ހަމަލާއަކުންކަން ވަނީ އެނގިފަ އެވެ. މި ސާރިދޯޅު މިހާރުވަނީ އަތުލައިގަނެ މަރާލައިފަ އެވެ.
ސާރިދޯޅު ފަދަ ބޮޑެތި ޖަނަވާރުތައް މީހުންގެ ގޭގެއަށް ވަނުމަކީ އާންމުކޮށް ކެލިފޯނިއާގައި ވާކަމެއް ނޫނެެވެ. ނަމަވެސް ފަހަކަށް އައިސް މިކަން ވަނީ ގިނަވާން ފަށައިފަ އެވެ.
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ