އިއްޔެ އިއުލާންކުރި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބޮލީވުޑްގެ އެކްޓަރު ކަންގަނާ ރަނޯޓް މަޖިލީސް ގޮނޑިއެއް ކާމިޔާބު ކޮށްފި އެވެ.
ކަންގަނާ މަޖިލީހަށް ކުރިމަތިލާފައި ވަނީ ނަރެންދްރާ މޯދީގެ ބާރަތްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ފަރާތުން ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮނޑިއަށެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި އެ ދާއިރާގެ ގޮނޑި ކަންގަނާ ކާމިޔާބު ކޮށްފައިވަނީ ގާތްގަނޑަކަށް 30،000 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
އިންތިހާބު ކާމިޔާބުވުމާއެކު ކަންގަނާ ވަނީ މަންޑީއަށް ގޮސް އެ ހިސާބުގަނޑުގެ ރައްޔިތުންނާއެކު ވަގުތު ހޭދަކޮށްފަ އެވެ. އޭގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ކަންގަނާއަކީ މޯދީގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކުރާ ތަރިއަކަށްވާއިރު، އޭނާއަށް އެކަމުގެ ސަބަބުން އާއްމުންގެ ފާޑުކިޔުން ވެސް އަމާޒުވެ އެވެ.
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!
އަސާސީ މުދާ ހޯދަން އާ މާކެޓްތައް ދަނީ ހޯދަމުން: ސައީދު
ރޮރާންޑޯ އާއި މެސީ ވޯލްޑް ކަޕްގައި ބައްދަލު ކުރާނެތަ؟