އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުން ނަން ވިދާލި ކުޅަދާނަ އެކްޓަރު އަމީތާބު ބައްޗަންއާއި ޖާޔާ ބަދޫރީގެ ކައިވެންޏަށް 51 އަހަރު ފުރިއްޖެ އެވެ.
އަމީތާބުއާއި ޖާޔާ ކައިވެނި ކޮށްފައިވަނީ 1973 ވަނަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ. އެ ދެމީހުން ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ޝްވެތާ ބައްޗަންއާއި އަބީޝޭކް ބައްޗަން އެވެ.
އެ މީހުންގެ ޖޯޑަކީ އޭރު ވެސް އަދި މިހާރު ވެސް އިންޑިއާ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ. އެމީހުން އެކުގައި ކުޅެފައިވާ ފިލްމުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
އަމީތާބާއި ޖާޔާގެ ކައިވެނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ދެމީހުންގެ ދޮށީ ދަރިފުޅު ޝްވެތާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މަންމައާއި ބައްޕައަށް މަރުހަބާ ކިޔާފަ އެވެ.
ފިލްމު ކުޅުން ހުއްޓާލުމަށްފަހު މިހާރު އެ ދެމީހުންނަކީ ވެސް އިންޑިއާގެ ރައްޔިތުންގެ މަޖީހުގެ މެމްބަރުންނެވެ.
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި