ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބާރަ ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފައިވާ ކަމަށެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ސ. ހިތަދޫ ފްރެސްކޯ، މުހައްމަދު ވަހީދު ހުސައިން އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ޕީސީބީއިން ބުނެ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރެއްވި ޑިރެކްޓަރުން:
- ބީއެމްއެލްގެ ބޯޑު މެމްބަރަކަށް އަލީ ފާރިސް، ގ. ސިނަމާލެ 35-04 3
 - އެސްޑީއެފްސީގެ ބޯޑު މެމްބަރަކަށް މުހައްމަދު މާއިޒް މުނާޒު، ގ. އަޒާރޯ - ބޯޑު މެމްބަރު
 - އެފްޑީސީގެ ބޯޑު މެމްބަރަކަށް މުހައްމަދު ސައީދު، މ. ސްނޯ ފްލޭކްސް
 - މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑު މެމްބަރަކަށް އަހްމަދު ސިރާޖު، ވ. ސިނަމާލެ 04-4-2
 - ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރަކަށް އައިޝަތު ވަފާ މުހައްމަދު މުހައްމަދު، އަބުރަހީގެ، ޅ. ހިންނަވަރު
 - ބީސީސީގެ ބޯޑު މެމްބަރަކަށް އަލީ މައުސޫމް، ވީނަސްވިލާ، އދ. މާމިގިލި
 - މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސްގެ ބޯޑު މެމްބަރަކަށް ހަސަން މިރާސް، މއ. މާފުނަ
 - ސްޓެލްކޯގެ ބޯޑު މެމްބަރަކަށް ޔޫސުފް ވަހީދު، ބޮޑުގެ، ހއ. ވަށަފަރު
 
މިފްކޯގެ ބޯޑަށް ވަނީ އިތުރު ދެ ބޭފުޅަކު އައްޔަން ކޮށްފަ އެވެ. އެއީ ފ. ދަރަނބޫދޫ، ދަނބުފަށުވިގެ، ޝަޒުނާ މުހައްމަދު އާއި ހ. ޅަރީތިގެ، ޒުލައިހާ ޔޫމީ ރަޝީދު އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށާއި މަސްވެރި އުފެއްދުންތައް އިޝްތިހާރު ކުރުމަށް މިދިޔަ ފެބްރުއަރީގައި ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް ފިޝަރީޒް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ފަސް ބޭފުޅަކު ވަނީ އައްޔަންކޮށްފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ އަހްމަދު ޒަރީރު (ދިލްކުސާގެ/ދ. މާއެނބޫދޫ) އެވެ. އަދި ބޯޑު މެމްބަރުންގެ މަގާމަށް އައްޔަންކުރީ:
- މުންޝިދާ އިބްރާހިމް، ގ. އޮނުހުރި
 - އަހުމަދު ޝިފާޒު، ނައިޓް ރޯޒް، ތ. ދިޔަމިގިލި
 - އަހުމަދު ޔާމީން، ގްރީން ވިލާ، ސ. މީދޫ
 - އާދަމް މަނިކު، ހ. ސަމަރުބްލޫ
 
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
								
								