އިންޑިއާގެ އިދިކޮޅު ޕާޓީއަށް ފާޅުގައި ފާޑުކިޔުމުން އަނެއްކާ ވެސް ކުރީގެ އެކްޓްރެސް ކަންގަނާ ރަނޯޓްއަށް އާއްމުންގެ ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
ބޮލީވުޑް ދޫކޮށް މިހާރު ސިޔާސީ ކަންކަމުގައި އުޅެމުން އަންނަ ކަންގަނާ ވަނީ އިންޑިއާގެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮޑިއަށް ވާދަކުރަން ނިންމާފަ އެވެ.
އެގޮތުން އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ބޭއްވި ހިނގާލުމެއްގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ މިހާރުގެ އިދިކޮޅު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ސިޔާސީ ދާއިރާއަށް ވަނީއްސުރެ އެކި ސަބަބުތަކާހުރެ ކަންގަނާއަށް ސޯޝަލް މީޑިއާގައި ވެސް އާއްމުންގެ ފާޑުކިޔުން މެދުކެނޑުމެއްނެތި އަމާޒު ވަމުންދެ އެވެ.
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުމެފައިވަނީ ވެރިކަންކުރާ ބީޖޭޕީގެ ފަރާތުންނެވެ. އޭނާއަކީ ފާޅުގައި ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ތާއީދުކުރާ ފަރާތެކެވެ.
އީރާނުގެ ޔޫރޭނިއަމް އެމެރިކާ ބެލުމުގެ ދަށަށް ގެންދާނަން: ޓްރަމްޕް
އުނގުލަށް އެރޭނީ އުނގޫފާރު މީހުންނަށް އެކަނި
ރޮރާންޑޯ އާއި މެސީ ވޯލްޑް ކަޕްގައި ބައްދަލު ކުރާނެތަ؟