ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖިނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށެވެ.
މިހާރު ކައްދޫ އެއާޕޯޓުގައި ރީޖިނަލް އެއާޕޯޓްސްގެ 100 ޕަސެންޓް ހިއްސާ އެބައޮތެވެ. ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެއާޕޯޓެކެވެ.
ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ޗައިނާގެ ސީމްއީސީ ކުންފުންޏާ އެކު މި މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރައީސްގެ ނިންމެވުމާއެކު ރީޖަނަލް އެއާޕޯޓްސް އިން އަންނަނީ ކައްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާއެއްކޮށް އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ.
ކައްދޫ އެއާޕޯޓް ރީޖިނަލްް އެއާޕޯޓްސްގެ ދަށަށް ގެނެވުމާއެކު އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ އަދަދު އަށަކަށް ވަނީ އަރާފަ އެވެ.
އެ ކުންފުނިން އަންނަނީ އެއާޕޯޓްތަކުގެ ހިންގުން ރަނގަޅު ކުރުމަށާއި ރެގިއުލޭޓްރީ މިންގަނޑުތައް ފުރިހަމަކުރަމުންނެވެ.
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
ތެލުލި ކެއުންތަކުން ނަފްސާނީ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ
