އިޓާލިއަން ކެއުންތަކަށް ލޯބިކުރައްވާ ފަރާތްތަކަށް މިއަދު މިއޮތީ ކަމުދާނެ ކެއުމެކެވެ. މިއަދުގެ ރޯދަ ވީއްލުމަށް މިއީ ތައްޔާރު ކޮށްލަން ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ޕާސްތާ
 - 1 ރީނދޫ ބެލްޕެޕާ
 - ރަހަލާވަރަށް ލޮނުކޮޅެއް
 - 1 ½ މޭޒުމަތީ ސަމުސާ ފުށް
 - 1 ސައިސަމްސާ ޑްރައިޑް އޮރެގާނޯ
 - 50ގ ޕާމެޒަން ޗީޒް/ މޮޒެރެއްލާ ޗީޒް ގަނޑު
 - 1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
 - 1 ބޮޑު ފިޔާ (ކޮށާފައި)
 - 1 ޖޯޑު ޓޯމާޓޯ ޕޭސްޓް
 - އަސޭމިރުސް ރަހަލާވަރަށް
 - 1 ޖޯޑު ކިރު
 - 1 މޭޒުމަތީ ސަމުސާ މިރުސް ޕައުޑަރު
 - 2 މޭޒުމަތީ ސަމުސާ ބަޓަރު
 - 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
 
ތައްޔާރު ކުރާނެ ގޮތް
- އެންމެ ފުރަތަމަ ތެއްޔަކަށް ފެން އަޅާފައި ލޮނު އަދި ތެޔޮ އެޅުމަށްފަހު ޕާސްތާ ކައްކާށެވެ. 20-15 މިނެޓަށް ކެއްކުމަށްފަހު ޕާސްތާ ޜޯފިލީމާ ފެނުން ނަގާފައި ވަކިން ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.
 - ތަވާ އުންދުން މައްޗަށް އުދާލުމަށްފަހު 1 ސަމުސާ ތެޔޮ އަޅާފައި ފިޔާ އަދި ބެލްޕެޕާ އަޅާފައި 2 މިނެޓް ވަންދެން ކައްކާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އަދި ލޮނު ކޮޅެއް އެޅުމަށްފަހު މަތި ޖަހައިގެން 2-3 މިނެޓަށް ކައްކާލާށެވެ.
 - އެއަށްފަހު އަނެއްކާ މީގެ ތެރެއަށް ޓޮމާޓޯ ކެޗަޕް އަދި މިރުސް ޕައުޑަރު އަޅައި 1 މިނެޓް ވަންދެން ކެއްކުމަށްފަހު އުނދުންމަތިން ތަވާ ބާލާށެވެ.
 - އެހެން ތަވައަކަށް ބަޓަރު ކޮޅު އަޅާއި އުނދުން މަތީގައި ވިރުމުން ފުށްކޮޅު އަޅައި މުށި ރަން ކުލަ އަރަންދެން ދޭފަތުން ހަލުވަމުން ދާށެވެ.
 - ދެން ކިރު ޖޯޑުން އެއްބައި އަޅާފައި ދޭފަތަކުން ނުވަތަ ވިސްކާއަކުން ގޮށް ނުލާނޭހެން އެއްކުރަމުން ގޮސް ބާކީ ހުރި ކިރުފޮދު އަޅާފައި އެއްކުރަމުން ދާށެވެ. ދެން ލޮނު އަދި އޮރެގާނޯ އަޅާފައި އުނދުންމަތިން ތަވާ ބާލާށެވެ.
 - ދެން ތައްޔާރުކުރި ރެޑްސޯސްގެ ތެރެއަށް ތައްޔާރު ކޮށްފައިހުރި ވައިޓް ސޯސް އަޅައި އެއްކުރުމަށްފަހު ކައްކާފައި ހުރި ޕާސްތާ މީގެ ތެރެއަށް އަޅާށެވެ. ދެން މައްޗަށް މޮޒޮރެއްލާ ޗީޒް ނުވަތަ ބޭނުން ޗީޒް އެއް އެޅުމަށްފަހު އިންސާފު ކުރާށެވެ..
 
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި