އިންޑިއާގެ ނާގަޕޫރުގައި މަގުމަތީ ސައި ވިއްކަން އުޅޭ "ޑޮލީ ޗައިވާލާ" ރާއްޖެ އަތުވެއްޖެ އެވެ.
ޑޮލީ ރާއްޖެ އައިސް ހުންނަނީ އަދާރަން ހުދުރަންފުށީގަ އެވެ. އެ ރިސޯޓުން އޭނާއަށް މަރުހަބާ ކިޔާ މަންޒަރުތައް ޑޮލީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.
އޭނާއަށް މަޝްހޫރުކަން ލިބުނީ ސައި ވިއްކަން ހުންނައިރު ގެންގުޅޭ ތަފާތު ސްޓައިލްގެ ސަބަބުންނެވެ.
ދެހާސް ހަތް ވަނަ އަހަރު މަގުމަތީ ސައިވިއްކަން ފެށި ޑޮލީ ޗައިވާލާ ސޯޝަލް މީޑިއާ އިންފުލުއެންސަރުންނާއި އިންޑިއާގެ ފިލްމީ ތަރިންނާ އެކު ވެސް މަސައްކަތް ކޮށްފައިވެ އެވެ.
އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެންޏާ ގުޅޭ ހަފްލާތަކަށް އިންޑިއާއަށް ގޮސް އުޅުނު މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސްއަށް ސައި ތައްޔާރުކޮށްދިނުމުން އޭނާގެ މަގްބޫލުކަން މިފަހުން އިތުރުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރާ އޭނާގެ ވީޑިއޯތަކަށް އެތައް މިލިއަން ވިއުސް ލިބިފައިވެ އެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ