މިއަހަރު މިހާތަނަށް ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މިއަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިއްޔެ ކަމަށާއި، އިއްޔެ ރާއްޖެއަށް 4،700 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މައުސޫމް ވިދާޅުވީ ގައުމީ ފެންވަރުގައި ހިންގަމުން އަންނަ ކޮވިޑް ދިފާއު ވެކްސިން ޕްރޮގްރާމްގެ ސަބަބުން ޓޫރިޒަމް ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 124،753 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައިވެ އެވެ. މީގެ ތެރެއިން ފެބްރުއަރީމަހު 30،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ މަހު، އެކަނިވެސް، 92،103 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
އޮޅިގެން ދިން ބޯނަސް، 6 މަސް ފަހުން އަތުލަނީ
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިފި