ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ފިކުރީ އާއި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ފަރުހާދު ފިކުރީ އާއި ނަވީން މީގެކުރިން ހުންނެވީ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ.
ދެ ބޭފުޅުން ވެސް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލުކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވި އިރު، އޭނާ ދާދި ފަހުން ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލައްވައިފަ އެވެ. ނަވީން ކުރިން ވަނީ ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމާއި ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
ފަރުހާދު ވަނީ ދުވަސްކޮޅަކު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
"ކަނޑުއޮޅިއާ މެދު އެމެރިކާއިން އުޅެނީ ގޯސް އަންދާޒާއެއް ނަގަން"