މިދިޔަ ހޯމަ ދުވަހު ފެށި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ތަރިންތަކެއް ވަނީ ހުށައެޅުންތައް ހުށައަޅައިދީފަ އެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ ޝާހިދު ކަޕޫރެވެ. ޝާހިދުގެ ހުށައެޅުމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ އޭނާ އަރި އަޅާލައިގެން ވެއްޓޭ މަންޒަރެވެ.
އެކްސްގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ކަޅު ހެދުމެއް ލައިގެން އެހެން ނެށުންތެރިންނާއެކު ޝާހިދުގެ މަޝްހޫރު ލަވަތަކަށް ނަށާ މަންޒަރު ފެނެ އެވެ.
ހުށައެޅުމުގެ ވަކި ހިސާބަކުން ޝާހިދު އަރިއަޅާލައިގެން ވެއްޓެ އެވެ. އެހެން ނަމަވެސް ލަސްތަކެއް ނުވެ އޭނާ ތެދުވެ ހުށައެޅުން ކުރިއަށް ގެންދެ އެވެ.
ޝާހިދަކީ 2000ގެ އަހަރުތަކުގައި ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކަކުން ފެނިފައިވާ ފަންނާނެކެވެ.
އަނބިމީހާ މަރާލި މައްސަލާގައި މާވިން 25 އަހަރަށް ޖަލަށް
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު