ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްުދުއްރަހީމް އަބްދުالله އައްޔަން ކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.
އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރެއްވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއް ގައެވެ. މަގާމުގެ ފަތްކޮޅު އަބްދުއްރަހީމަށް އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އަބްދުއްރަހީމްއަކީ ރައީސް މުއިއްޒު ނިސްބަތްވެޑައިގަންނަވާ ޕީއެންސީގެ ޗެއާޕާސަން އެވެ.
އަބްދުއްރަހީމްއަކީ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު އަށް ކާމިޔާބު ކޮށްދެއްވުމަށް އެމަނިކުފަނާއިއެކު ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.
ރައީސްކަމަށް މުއިއްޒު އިންތިހާބު ވުމާއެކު، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ވެސް މުއިއްޒު އައްޔަން ކުރެއްވީ އަބްދުއްރަހީމެވެ.
ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓަށް އުފުލިއްޖެ
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
