ފޮށިން ފިސްތޯލައެއް ފެނިގެން ލަންކާ އެއާޕޯޓުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އޭނާގެ ލަގެޖުން ފެނިފައިވަނީ ފިސްތޯލައެއްހެން އޮންނަ ލައިޓަރެކެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރޭ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ 58 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ މީހާ ހައްޔަރުކުރީ ފޮށިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ކަމަށާއި އެ ފެނުނީ އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ވަނުމުގެ ކުރިންގެ ލަގޭޖް ސްކޭން ކުރުމުގެ ތެރޭގައި ކަމަށެވެ.
އެމީހާ ދޫކޮށްލާފައިވީ ނަމަވެސް އެމީހާގެ ޕާސްޕޯޓު އަދިވެސް ވަނީ ލަންކާ ސިފައިން ހިފަހައްޓާފަ އެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
