މިއަދު މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދުއަށް ބަދަލުކޮށްފި އެވެ.
ޕީޕީއެމް އިން ބުނީ އެ ދެ ބޭފުޅުން ދޫނިދުއަށް ބަދަލުކުރީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
ޝުޖާއުއާއި އަދުރޭ ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑުއުފުލުމަށް މިއަދު ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް މިއަދު މެންދުރުފަހު ހައްޔަރުކޮށްގެން ފުރަތަމަ އެ ދެ ބޭފުޅުން ގެންދިޔައީ އަތޮޅުވެއްސަށެވެ.
މިދިޔަ ހޯމަ ދުވަހުވެސް މުޒާހަރާ އިން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. ނަމަވެސް އަތޮޅު ވެހީގައި ބޭތިއްބުމަށްފަހު އެރޭ ވަނީ ދޫކޮށްލާފަ އެވެ.
ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
އެންތޫރިއަމް ވެސް ވައި ސާފުކޮށްދޭ!
އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލަ ނުދޭން ގޮވާލައިފި
