މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހުމަދު މަނިކު ރޭ ފަތިހު ނިޔާވެއްޖެ އެވެ.
އަހުމަދު މަނިކު ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި މަޣުރިބު ނަމާދަށް ފަހު ގެ އަށް ވަޑައިގަންނަވަނިކޮށް، ބޮޑުތަކުރުފާނު މަގުން ޗީބޯ ރެސްޓޯރަންޓުގެ ކުރިމަތިންނެވެ.
އުމުރުން 74 އަހަރުގައި އަހުމަދު މަނިކު ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އެކްސިޑެންޓުގައި އަހުމަދު މަނިކުގެ ބޮލަށް ގެއްލުންވެ ސިކުނޑި އަށް ވެސް ލޭ އެޅިފައިވެ އެވެ.
ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އެޅުމުގެ ސަބަބުން ޑޮކްޓަރުން ވަނީ އުންމީދު ވެސް ކަނޑާލައިފަ އެވެ.
އަހުމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމިތުގެ ވެސް ބައްޕަ އެވެ.
އޭނާގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި