ބޮލީވުޑްގެ މަޝްހޫރުބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ހަޔާތާބެހޭ ގޮތުން ފިލްމެއް ހަދަން ނިންމައިފި އެވެ.
މިފިލްމަކީ ރާޖްގެ މައްޗަށް 2021 ވަނަ އަހަރު ކުރެވުނު ބަރަހަނާ ފިލްމު ހަދައި، އެ ވިޔަފާރިން އާމްދަނީ ހޯދާ ކަމަށް ބުނެ ފެންމަތިވި މައްސަލަގަނޑަށެވެ. އެ މައްސަލާގައި ރާޖް ދެ މަހެއްހާ ދުވަސް ޖަލުގައި ވެސް ބަންދުކުރި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އެވެ. އެހެން ނަމަވެސް މިފިލްމާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެ އެވެ.
މިފިލްމުގައި ފެނިގެންދާނެ ބަތަލާއިންނާއި އެކްޓަރުނާ ބެހޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
އެހެން ނަމަވެސް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އިންސްޓަގްރާމްގައި އާންމުކުރި ރީލްއެއްގައި ވަނީ ރާޖްގެ ބައޮޕިކް ހަދާނީ އޭނަ ކަމަށް ނުސީދާކޮށް އިޝާރާތެއް ދީފަ އެވެ. އޭގައި މި ވާހަކައެއް ދެކެވެނީ ސޯޝަލް މީޑިއާ ތަރިއެއް ކަމަށްވާ މުނައްވަރު ފާރޫގީ އާއި ފަރާއާ ދެމެދު އެވެ. އެ ދެ މީހުންގެ ވާހަކައިގެ ތެރޭގައި މުނައްވަރު އެދެނީ ރާޖުގެ ބައޮޕިކެއް ހެދުމަށެވެ. އަދި އެއީ ރާޖް ކަޕޫރް ތޯ ނޫނީ ރާޖްކުމާރު ރާއޯތޯ އަހައި، އެ މީހުންނަށް ފިލްމެއް ހަދަން ބޭނުން ނުވާ ކަމަށް ފަރާ ބުނެ އެވެ.
ރާޖް ކުންދްރާ އާއި ޝިލްޕާ ޝެޓީ ކައިވެނި ކުރީ ޖުލައި 2021 ގައި އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ