ކޮވިޑަށް މީހަކު ޕޮޒިޓިވްވެ، މ.ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ އެ ރަށުން މާލެއައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.
ނަޒްލާ ވިދާޅުވީ އެ މީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައި ވަނީ ކޮޅުފުށިން މާލެ އައިތާ ދެވަނަ ދުވަހު އޭނާގެ ކިބައިން އާލާމާތްތަކެއް ފެނިގެން ހެދި ޓެސްޓް ޕޮޒިޓިވްވުމުން ކަމަށެވެ. އަދި އެރަށު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 1،400 އެއްހާ މީހުން ހިމެނޭ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށުން މީހުން އަރައިފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން މިވަގުތު އިތުރު ދެ ރަށެއް ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެއީ ގއ.ދެއްވަދޫ ކްލަސްޓާ ގުޅިގެން ދެއްވަދޫއާއި އެއަތޮޅު ދާންދޫ އެވެ.
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން
ގޯވިންދާއާއި ޑޭވިޑް އެކުގައި މަސައްކަތް ކުރުން ހުއްޓާލި ސަބަބު!
އީރާނުގެ އިންޒާރަށް ބިރުން ޓްރަމްޕް ތުރުކީން ފުރީ ކުޑަ ބޯޓެއްގައި