ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު ބޯޓު ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ހަތަރު މަސް ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް މަސް ބޯޓުތައް ވަނުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. މީގެކުރިން ވެސް މަސް ދޯނިތަކުން ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ ތިއްބާ ފެނެނު ބޯޓުތަކުގެ މައްސަލަ ކޯސްޓް ގާޑަށް ރިޕޯޓްކޮށްފަ އެވެ.
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
