ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 74 އަހަރުގެ މަސްއޫދު ނިޔާވެފައިވަނީ ބޭސްފަރުވާއަށް މިއަދު އިންޑިޔާއަށް ދިޔަ ފަހުން ސިއްހީ ހާލަތު ގޯސްވެގްނެނެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އެއާޕޯޓްގައި ހުއްޓައި ސިއްހީ ހާލަތު އިތުރަށް ގޯސްވެގެން އެމަޖެންސީގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އޭނާ ނިޔާވީ އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
މަސްއޫދު ވަނީ ރީތި އަމިއްލަ ގިނަ ރާގުތަކެއްގެ ލަވަތައް ކިޔައިފައެވެ. އޭގެ ތެރޭގައި "ނޫރާނީ ލޯބި" އަދި "ދިރުމާއި މަރާ ގުޅާލާ" ފަދަ ރީތި އަމިއްލަ ރާގުތައް ހިމެނެ އެވެ.
ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން: ޓްރަމްޕް
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވާނަން: ބީއެމްއެލް
