ބ. ތުޅާދޫ ކައުންސިލްގެ ދެ މެންބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރުމާއެކު އެރަށު ކައުންސިލްގެ މެޖޯރިޓޯ އެމްޑީޕީއަށް ގެއްލިއްޖެ އެވެ.
ތުޅަދޫ ކައުންސިލްގެ ދެ ކައުންސިލަރުން ކަމަށްވާ އިސްމާއިލް ދާއޫދު އާއި، އަހަމަދު އާދިލް މިރޭ ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފަ އެވެ.
އެ ދެ މެމްބަރުން ސޮއިކުރީ މިރޭ ތުޅާދޫގައި ޑިމޮކްރެޓްސް އިން ބޭއްވި "ފަސޭހަ ވިޔަފާރި" ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިއަދު 36 ހަ ރަށަކަށް ދަތުރު ކުރާގޮތަށް ވަނީ ހަމަ ޖެހިފަ އެވެ. އަދި މިއަދާއި މާދަމާ ޖުމްލަ 50 އަށް ވުރެ ގިނަ ރަށަށް ފެނިފެސްޓޯ އިފްތިތާހް ކުރަން ދާނެ ކަމަށް އެޕާޓީން ބުނެ އެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ދަތުރު ކުރަނީ ޓީމުތަކަށް ބަހާލައިގެންނެވެ. މިއަދު ލޯންޗު ކުރަނީ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" ސިޔާސަތެވެ.
މިދަތުރު ތަކުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު މިހާރުވެސް ހުންނެވީ ބ. އަތޮޅުގަ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
53 ކުންފުންޏަކަށް ބަހާލި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަނަށް
އެސްޑީއެފްސީ ފެސިލިޓީތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ

ތިޔަމެޖޯރެޓީ އޮތީމަވާކަމެއް އެބޮއިތައް؟