ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަމުންގެންދާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމަކީ އަފީފްގެ އެދިވަޑައިގަތުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މިބައްދަލުވުން މިއަދު ރައީސް އޮފީހުގައި ބާއްވާފައިވާއިރު މިކަމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ނުދެއްވަ އެވެ. އެހެން ނަމަވެސް މިބައްދަލުވުން ބޭއްވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ މައްސަލައާ ގުޅިގެންނެވެ.
ބައްދަލުކުރެއްވުން ބޭއްވެވި އިރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.
އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ފިޔަވާ އެހެން ބޭފުޅަކަށް މަޖިލީހުގެ ރިޔާސަތުގައި އިންދެވޭނީ ތިން ޖަލްސާގަ އެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށާއި ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަތައް 50 މެންބަރުން ސޮއިކުރައްވައި ވަނީ ވައްދައިފަ އެވެ.
އެ ދެ ބޭފުޅުންގެ ވެސް އިތުބާރުނެތްކަމުގެ މައްސަލަ ވައްދާފައި އޮތުމުން ދެބޭފުޅުންވެސް ވަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ
ނޯވޭ ޓީމުން ވޯލްޑް ކަޕަށް ދިޔައީ ކާބޯތަކެތި ވެސް ހިފައިގެން!
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު
