އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އިތުރު ދައުރަކަށް އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ކުރި އިއުލާނަށް އިޖާބަދިން ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު މަޖިލީހަށް ފޮނުވާފަ އެވެ.
އެނަންފުޅުތަކުގެ ތެރެއިން ރައީސް ސޯލިހް އިސްކަން ދެއްވާ ނަމެއްގެ ގޮތުގައި އޮތީ ނަޝާތުގެ ނަމެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުންނެވެ.
ނަޝާތު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން
ޓެކްސީތަކަށް ޓެބްލެޓް ގަތުމުގެ ނަމުގައި ބޮޑު ވައްކަމެއް!
ސުލްހައިގެ ވާހަކަތަކުގެ ކުރިން އީރާނުން ދެ ޝަރުތެއް