އުމްރާގެ އަޅުކަން ކުރުމަށްފަހު ރާއްޖެ އަންނަ މީހުންގެ އަދަދު ގިނަވުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އަރައިވަލް ސަރަހައްދު ބާރު ބޮޑުވެއްޖެ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު އިއްޔެއިން ފެށިގެން ރާއްޖެ އަންނަން ފަށާފައިވާއިރު، މިކަން ފާހަގަކޮށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ވަނީ ޓްވީޓް ކޮށްފަ އެވެ. އެގޮތުން އުމްރާކުރުމަށްފަހު އަންނަ މީހުން ގިނަވެފައިވާތީ، އެއާޕޯޓުގެ އެރައިވަލް އޭރިޔާ ބާރުބޮޑުވެފައިވާކަމަށް އެ ޓުވީޓްގައި ބުނެފައިވެ އެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނީ، ހުރިހާ އެންމެންނަށް ވެސް ފަސޭހަކަމާއެކު އޮޕަރޭޝަންތައް ކުރިއަށް ގެންދަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"މި ދަނޑިވަޅުގައި ކެތްތެރިކަމާއި އެއްބާރުލުން ދިނުން އެދެން،" އެމްއޭސީއެލްގެ ޓުވީޓުގައި ބުނެފައިވެ އެވެ.
އެކި ދުވަސްވަރުތަކާއި ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމާއި ގުޅިގެން ވެސް އެއާޕޯޓުގެ ސަރަހައްދުތައް ބާރުބޮޑުވާ މައްސަލަ ދިމާވެފައިވެ އެވެ. އެހެން ނަމަވެސް އެމްއޭސީއެލްއިން ދަނީ އެއާޕޯޓުގެ އޮޕަރޭޝަން އުނދަގޫކަމެއް ނެތި، ފަސޭހަކަމާއެކު އާންމުންނަށާއި، ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މި ޗުއްޓީގައި ދާނެ ތަނެއް ނިންމައިފިންތަ؟
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
ރަންބީރުގެ މޫނު މަތީގައި އަނުޝްކާ ޖެހީ ކީއްވެ؟
