ސްޕެއިންގެ ވެރިރަށް ބާސެލޯނާގެ ހޮސްޕިޓަލެއްގައި ރޮބޮޓެއް ބޭނުން ކޮށްގެން އިންސާނެއްގެ ފުއްޕާމޭ ބަދަލު ކޮށްފި އެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.
ވޯލް ޑި ހިބްރޫން ޔުނިވާސިޓީ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ހަތަރު އަތް ލީ ރޮބޮޓެއް ބޭނުންކޮށްގެން ބަލިމީހާގެ ހަންގަނޑާއި މަސްގަނޑު ކަފާލުމަށްފަހު ހަލާކުވެފައިވާ ފުއްޕާމޭ ނަގައި އޭގެ ބަދަލުގައި ރަނގަޅު ފުއްޕާމޭއެއް ލައްވާފަ އެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ބަލިމީހާގެ ހަށިގަނޑުން ކަފާލަން ޖެހުނީ އެންމެ 8 ސެންޓިމީޓަރު (3 އިންޗި)ގެ ސަރަހައްދެއް ކަމަށާއި މުޅި އޮޕަރޭޝަން ކުރިއަށް ދިޔައީ އެންޑޯސްކޮޕީއެއްގެ އެހީގައި ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ކުރިން ބޭނުން ކުރެވުނު އުކުޅުތަކަށް ބަލާއިރު މަދުވެގެން 30 ސެންޓިމީޓަރުގެ ސަރަހައްދެއް ކަފާލަން ޖެހެ އެވެ. އެހެން ނަމަވެސް މި އާ ޓެކްނޮލޮޖީއާއެކު ބަލިމީހާގެ ސޮފްޓް ޓިޝޫތަކަށް އަނިޔާއެއް ނުކޮށް އޮޕަރޭޝަން ނިންމާލެވެ އެވެ.
މިއީ ބަލިމީހާއަށް އަޅާ ވޭން ކުޑަ ގޮތަކަށް ވާއިރު ކަފާލާ ތަން ބަންދުކޮށް ފަސޭހަވާން ވެސް އަވަސްވާނެ ގޮތެއް ކަަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
މިއީ މެޑިކަލް ސައިންސަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި މިއާއެކު ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވާނެ ކަމަށް ވެސް މާހިރުން ބުނެ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ