ހުޅުމާލޭ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ނިރޮޅުމަގުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަަމަށެވެ.
އެ އެކްސިޑެންޓުގައި ކާރަކާއި ސައިކަލެއް ޖެހި ސައިކަލު ދުއްވަން އިން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ސައިކަލް ދުއްވަން އިނީ 18 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމާށް ފަހު މިހާރު އޭޑީކޭ އަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލެއް ވިދާޅުވީ އެމީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އެހެންވެ އިތުރު ފަރުވާ އަށް އޭޑީކޭ އަށް ބަދަލްކުރަން ޖެހޭ ކަމަށެވެ.
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
