ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) މިއަދު ވަކިކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝިފާޒަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ޝިފާޒް މަގާމުން ވަކިކުރީ މިއަދު އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހި ވާދަވެރިކަން ބޮޑުވެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުނުކުރާ ބޭފުޅުން މަގާމުން ވަކިކުރަން ވަނީ ފަށައިފަ އެވެ. މިގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސެއިން އަމްރު ވެސް މި ހަފުތާގައި ވަނީ ވަކިކޮށްފަ އެވެ.
އީރާން މޮޅީ ހަނގުރާމަ ކުރާކަށް ނޫން، އެމީހުން މޮޅީ މަޝްވަރާކުރަން
އީރާނުގެ ހަކަތަ މަރުކަޒުތަކަށް ހަމަލާދިނުން ފަސްކޮށްފި
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!