ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެއް ކަމަށްވާ އަދިތުޔާ ރޯއީ ކަޕޫރާއި އަރަމުން އަންނަ ތަރި އަނަންޔާ ޕާންޑޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ދެތަރިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރު ވަރަށް އަވަހަށް އެކުގައި ޗުއްޓީ ހޭދަ ކުރަން ވެސް ދާނެ އެވެ.
މި ދެތަރިންގެ ގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ރުހުން ދިން ނަމަވެސް އެ ދެތަރިން އަވަސް އަރުވާލައިގެން އުޅެން ބޭނުން ނުވާ ކަމަށާއި ގުޅުމަށް ވަގުތު ދޭން ބޭނުންވާ ކަަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އަނަންޔާއަކީ ކުރގެ މަޝްހޫރު ތަރި ޗަންކީ ޕާންޑޭގެ ދަރިއަކަށްވާއިރު އަދިތުޔާގެ އާއިލާއަކީ ބޮލީވުޑްއާ މާ ބޮޑު ގުޅުމެއް އޮތް އާއިލާއެއް ނޫނެވެ.
އަދިތްޔާއާއި އަނަންޔާގެ ގުޅުމުގެ އަޑުތައް އަރާފައިވާއިރު މިފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެމީހުންގެ ގުޅުންތައް އާއްމުންނަށް ހާމަކޮށްފަ އެވެ.
އެގޮތުން ރަންބީރާ ކަޕޫރާއި އާލއާ ބަޓް ކައިވެނިކޮށް ދަރިއަކު ލިބިފައިވާއިރު ކިއާރާ އަދްވާނީއާއި ސިދްހާތު މަލްހޯތުރާ ވަނީ ވަރަށް ފަހުން ކައިވެނި ކޮށްފަ އެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި