އިންޑިއާގެ ޓީވީ ސީރިޒްތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ޝްރައްދާ އާރްޔާ ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ޝްރައްދާ ބުނެފައިވަނީ މިއީ ކޮންމެހެން ވެސް ބޭނުން ވެފައިވާ ވަގުތެއް ކަމަށެވެ.
ސަން ސިޔާމް އިރުފުށީގައި ޝްރައްދާ އޭނާގެ ޗުއްޓީ ހޭދަ ކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން އެ ރިސޯޓުގެ ރީތިކަން ފެނިގެންދެ އެވެ.
ޒީޓީވީއިން ދައްކަމުން އަންނަ ކުންޑަލީ ބާގްޔާގައި ޕްރީތާގެ ރޯލުން ފެނިގެންދާ ޝްރައްދާއަކީ މިވަގުތު ޓީވީ އިންޑަސްޓްރީގައި ހުރި އެންމެ ފުންނާބު އުސް ތަރިންގެ ތެރެއިން ތަރި އެކެވެ.
ކުންޑަލީ ބާގްޔާގެ އިތުރުން ވެސް ޝްރައްދާ ވަނީ ސްޓާ ޕްލަސްގެ ރިއަލިޓީ ޝޯވް ނަޗް ބަލިޔޭއިން ވެސް އޭނާގެ ބައިވެރިޔާއާއެކު ފެނިގެން ގޮސްފަ އެވެ.
މދިޔަ އަހަރު ކައިވެނި ކުރި ޝްރައްދާ އަންނަނީ އޭނާގެ ބޮލީވުޑް ޑެބިއުޓް ފިލްމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ކަރަންޓް ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން