ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނަށް މަރުގެ އިންޒާރުތަކެއް ލިބުމާއެކު މުމްބާއީގެ ފުލުހުން އޭނާގެ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އިއްޔެގެ ހޮނިހިރު ދުވަހު ސަލްމާންގެ އޮފީހަށް ލިބުނު އީމެއިލްއެއްގައި އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މުމްބާއީގެ ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއީ ގޭންގުންނެވެ.
އެ އީމެއިލްގައި އެ ގޭންގުގެ މިހާރުގެ ހަމައެކަނި އަމާޒަކީ ސަލްމާން މަރާލުން ކަމަށާއި ސެކިއުރިޓީ ދަށްވެ ފުރުސަތެއް ލިބުނުހާ އަވަހަކަށް ސަލްމާން މަރާލާނެ ކަމަށް ބުނެފައިވެ އެވެ.
އެ ގޭންގުން ސަލްމާނަށް މީގެ ކުރިންވެސް މަރުގެ އިންޒާރު ދީފައިވާއިރު މި މައްސަލަ ހޫނުވީ ހިންދޫންގެ ކަލާނގެއަކަށް ނިސްބަތްކޮށް ސަލްމާން ބޭއަދަބީ ބަސްތަކެއް ބޭނުން ކުރުމުންނެވެ.
ލޮރެންސްއިން މިފަހުން ދިން އިންޓަވިއުއެއްގައި ސަލްމާން ހިންދޫންގެ ކިބައިން މައާާފަށް އެދިއްޖެނަމަ އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސަލްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ މުމްބާއީގެ ޕޮލިސް ސްޓޭޝަންގައި ފައިލްކޮށްފައިވާއިރު މައްސަލައިގެ ތަހުގީގު ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ