ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަކީ އެތައް ބަޔަކު، އެމީހުންގެ ރޯލް މޮޑެލްގެ ގޮތުގައި ހަދާފައިވާ ބައެކެވެ.
ސަބަބަކީ އެ ފަންނާނުން އާންމުންނާއި ކުރިމަތިލަނީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަކަން ހޯދައިގެންނެވެ. ފަންނާނުންނަށް މިކަން ހާސިލްކޮށްދިނުމަށް، އަގުބޮޑުކޮށް ވަޒީފާދީފައި ތިބޭ ފެޝަން ސްޓައިލިސްޓުން އަދާކޮށްދެނީ ވެސް ވަރަށް މުހިންމު ރޯލެކެވެ.
ނަމަވެސް ލޮލަށް ފެންނަ ކޮންމެ ކަމެއް ތެދަށް ނުވާފަދައިން، ބޭރުފުށުން ސާފުތާހިރުކަމަށް ދައްކައިގެން އުޅޭ މީހުން ވެސް ދުނިޔޭގައި މަދެއް ނޫނެވެ. އޭގެތެރޭގައި އާންމުން ނަމޫނާ ނަގާ ބައެއް މީހުން ވެސް ހިމެނެ އެވެ.
މީގެ އެއް މިސާލަކީ ހޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ބްރެޑް ޕިޓް އެވެ.
ބްރެޑް ބުނިގޮތުގައި އޭނާ ފެން ނުވަރައި ދެ ހަފްތާ ވެސް ހުރެ އެވެ. އަދި ފެންވަރާ ދުވަހު އޭނާ ސައިބޯނި ބޭނުން ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބްރެޑް ޕިޓް ބުނިގޮތުގައި އޭނާއަށް ފެން ނުވެރެނީ މަސައްކަތުގައި ގިނަ ވަގުތު އުޅެން ޖެހުމުންނެވެ. އަދި ވަރުބަލިކަމުގެ ސަބަބުން އޭނާއަށް ފެންވެރުން ދަތިކަމަކަށް ވަނީ ކަމަށް ބްރެޑް ޕިޓް ބުނެފައިވެ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ބަލަން ކޮމިޝަނެއް ހަދަނީ
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
