ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެއްވާ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެއްވާ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުން ރ. އަލިފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ އަލިފުށީ ސްކޫލުގައި މިސަރުކާރުން އިމާރަތްކޮށްދެއްވި މަލްޓިޕާޕަސް ހޯލްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ. އަދި ރ. އަލިފުށީ ކައުންސިލާ އަދި ރ. އަތޮޅު ކައުންސިލާ ވަކިން ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭ ގޮތުން އެ ކައުންސިލްތަކާއި އެކު ރައީސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
