ބޮސްނިއާ އެންޑް ހަޒަގޮވިނާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒު ޑޮކްޓަރު ބިސޭރާ ޓުރްކޮވިޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަާ އޮފް ފޮރިން އެފެއާޒަށް މަރުޙަބާ ވިދާޅުވެފައިވާއިރު، މިއީ ބޮސްނިއާ އެންޑް ހަޒަގޮވިނާގެ މަތީ މަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރުކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ބޮސްނިއާގެ ޚާރިޖީ ވަޒީރު ވަނީ މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 25 އަހަރު ފުރޭ އަހަރެއް ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްގީއާ އަދި ގިނަ ގައުމުތައް އެކުވެގެން ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމުންނެވެ.
ދިވެހިރާއްޖެއާ ބޮސްނިއާ އެންޑް ހަރޒަގޮވިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 27 ޖެނުއަރީ 1997ގަ އެވެ.
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!
އެމްއެންޑީއެފް އިން ހިފެހެއްޓި ބޯޓުން ގިނަ އަދަދެއްގެ ޑްރަގް
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ
