ކ. މާފުށީ ގެސްޓްއަކާ ދިމާލު އަތިރިމަތީގައި ބެހެއްޓި ކްރިސްމަސް ޓްރީއެއް ފުލުހުން މިއަދު ނަގައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހިންގާ ރަށުން ވާހަކަދެއްކި މީހަކު ބުނީ ކޯޓު އަމުރެއް ދެއްކުމަށްފަހު އެ ޓްރީ ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.
އެ ކްރިސްމަސް ޓްރީ ބަހައްޓާފައި ހުރީ އެ ރަށުގެ ޓޫރިސްޓު އޭރިއާގައި ހުންނަ ކާނި އަދި މަރީނާ ގެސްޓްހައުސްއާ ދިމާލު އަތިރިމަތީގަ އެވެ.
"އެ ޑެކަރޭޝަން ބަހައްޓާފައި ހުރީ މި ރަށުގެ ނޫޅޭ ސަރަހައްދުގެ އަތިރިމަތީގައި ބަހައްޓާފައި ހުރީ. ފުލުހުން ފުރަތަމަ ގޮސް އެންގީ އެތަކެތި ނަގަން، ފަހުން ކޯޓު އަމުރެއް ހިފައިގެން އައިސް ނެގީ،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ ފުލުހުން ދެއްކި ކޯޓު އަމުރުގައި ވަނީ މިއަދުން ފެށިގެން ފެބްރުއަރީ 17އާ ހަމަޔަށް ދީނާ ޚިލާފު އެއްވެސް ލިޔެކިއުމެއް ނުވަތަ އެއްވެސް މުދަލެއް ބަހައްޓައިގެންނުވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް، ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ކްރިސްމަސް ޓްރީ ބަހައްޓަ އެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއް ދިވެހިން ސަންޓަކްލައުސް ހެދުން އަޅައިގެން ވެސް ހަރަކާތްތެރިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް