ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ އެމްޑަބްލިއުއެސްސީ ކައިރިއާ ދިމާލު ހައިވޭ ކައިރިން ކާރެއް ފުރޮޅާކައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 22:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ސީންއަށް އެޓެންޑްވިއިރު ކާރު ދުއްވަން އިން 45 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކާރު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ އެކްސިޑެންޓުގައި އެ ކާރަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
