އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ވަރުގަދަ އެއް ފެއާ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެސްޓީއޯއިން ބުނީ މި ފެއާގައި އެ ކުންފުނިން އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމަށް ފުރުސަތު ފަހިކުރުން ކަމަށެވެ.
އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިން ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލެވޭނެ އެވެ.
ޑިސެމްބަރު މަހުގެ 5 ން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއާގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެ އެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއާގައި ބައިވެރިވެ އެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ގައިންގަޔަށް ނާރާ ބަލިތަކަށް ދުންފަތް މަގުފަހިކޮށްދޭ: ނާޒިމް
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!