ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ގެންދާ ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ޑިރެކްޓަރު، ރެމޯ ޑި ސޫޒާގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށް އޭނާގެ އަންހެނުން ލިޒެލް ޑި ސޫޒާ ބުނެފި އެވެ.
ރެމޯގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އާމިރް އަލީ ބުނީ ރެމޯއަށް ހާޓްއެޓޭކް ޖެހުނީ ކަސްރަތު ކުރަން ފަށަން އުޅެނިކޮށް، ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"ރެމޯ އަކީ ފިޓް އަދި ވަރުގަދަ މީހެއް. މިއީ ވަރަށް ޒާތީ ހާލަތެއް އެހެން ކަމުން އިތުރަށް ކޮމެންޓެއް ކުރާކަށް ނެތިން،" އާމިރު ބުނެފައިވެ އެވެ.
މި ފަހަކަށް އައިސް ރެމޯ ފާހަގަވެގެން ގޮސްފައިވަނީ ކަސްރަތުކޮށް ވަރަށް ހަށިގަނޑަށް ބަލައިގެން އުޅުނު މީހެއްގެ ގޮތުގަ އެވެ. އެވަރަށް ސިއްހަތަށް ބަލައިގެން އުޅުނު މީހަކަށް ކުއްލި ގޮތަކަށް ހާޓްއެޓޭކެއް ޖެހުމުން އާއިލާ މީހުންނާއި ހެޔޮ އެދޭ އެތައް ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
