ޖިމްއަށް ދިޔައިރު ޕަޕަރާޒީން ފޮޓޯ ނަގާތީ ބަތަލާ ކެޓްރީނާ ކައިފް ރޭ އިންޒާރު ދީފި އެވެ.
ކެޓްރީނާ ޕަޕާރާޒީންނާ ދިމާލަށް ހަޅޭލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑއާގައި މިހާރު އަންނަނީ ދައުރުވަމުނެވެ.
ކެޓްރީނާ އެންމެ މަހުން ފެށިގެން ގޮސްފައިވަނީ "ފޯން ބޫތް" އެވެ. މިފިލްމަށް އެހާބޮޑު ކާމިޔާބެއް ލިބިފައެއް ނެތެވެ.
އެގޮތުން ކާރުގެ ދޮރު ހުޅުވައިގެން ހުރެ އޭނާ ވަނީ ޕަޕާރާޒީންނާ ދިމާލަށް ހަޅޭލަވާފަ އެވެ.
"ތި ކެމެރާ ބަހައްޓަބަލަ ކަލޭމެން. އަހަރުމެން މިތަނަށް އައީ އެކްސެސައިޒް ކުރަން،" ކެޓްރީނާ ބުންޏެވެ.
އޭނާ ވަނީ ފޮޓޯ ނަގާ މީހުން ވަނީ އޭނާ ކައިރިން މައާފަށް އެދިފަ އެވެ.
މީގެ ކުރިން ވެސް ކެޓްރީނާގެ މިފަދަ ގޮތަކަށް ޕަޕާރާޒީންނާ މެދު ކަންތައް ކޮށްފަ އެވެ. އޭނާއަކީ މާބޮޑަށް ޕަޕާރާޒީންނާ ގަޔާވާ މީހެއް ނޫނެވެ. އަދި 2016 ވަނަ އަހަރު ތެރޭގައި އޭނާ ވަނީ ޕަޕާރާޒީންނަށް އިންޒާރު ވެސް ދީފަ އެވެ.
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!
އެމްޑީޕީ ކެމްޕޭން ލޯންޗު ކުރުން މި މަހުގެ 12 ގައި