ބޮމެއް ގޮއްވާލާނެ ކަމަށް ލިބުނު އިންޒާރަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ އާއި އައްޑޫގައި ހިންގަމުން އަންނަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫން ދެ މީހަކު ކްމަށެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ އޮޮޕަރޭޝަން ހިންގަމުން އަންނަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން އައްޑޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ. ބޮން ސްކޮޑް އާއި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއެއް އަންނަނީ ބަލައި ފާސް ކުރަމުން އަންނަ ކަމަށް އެ ސިޓީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުމުގެ މީހުން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަކަން ކަމާބެހޭ އިދާރާތަކުން އެއްކުރާ މައުލޫމާތުތަކުން ހާމަވެ އެވެ.
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ
އައިޔޫއެމްގެ ދިރާސާ: ކުދިން ސްކޫލަށް ނުދަނީ ލަހުން ނިދާތީ

މިތާކު ތުޔަބުނާ ޓެރެރިސްޓުން ނުތިބޭ، ތިމީހުން ޓުރޭނިން ހެދިޔަސް ތިޔައީ ދެން ބޮޑުވަރު މީހުން ބޮލުގައި އެކި އިލްޒާމް އަޅުވަން !