ސައުތު އިންޑިއާގެ މަޝްހޫރު ތަރި ޝްރޫތީ ހަސަންގެ ސާޖަރީގެ ވާހަކައާ ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުން ނުވާކަމަށް އޭނާ ބުނެފި އެވެ.
ދާދި ފަހުން ޝްރޫތީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ނޭފަތުގެ ބައްޓަން ރަނގަޅުކުރުމަށާއި، ތުންފަތަށް ފިލިންގްސް އަޅައި އިތުރަށް ރީތިވުމަށް ސާޖަރީ ހެދިކަމަށް އެއްބަސްވެފަ އެވެ.
އެހެންނަމަވެސް އޭނާ ސާޖަރީ ހެދުމާއި ގުޅިގެން އާންމުން ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވާކަމަށާއި، އެފަދަ މީހުން ކުރާ އެކި ސުވާލު ތަކަށް ޖަވާބުދޭން ބޭނުން ނުވާކަމަށް ޝްރޫތީ ބުނެފައިވެ އެވެ. ޝްރޫތީ ބުނިގޮތުގައި ނޭފަތުގެ ސާޖަރީ ހެދުންވީ ވަރަށް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ.
އެގޮތުން ނޭފަތުގެ ސާޖަރީ ހެދުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫވިކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. ޝްރޫތީގެ ފުރަތަމަ ފިލްމު ކުޅުނީ ސާޖަރީ ހެދުމުގެ ކުރިން ކަން ފާހަގަކޮށްފައިވާއިރު، ޝްރޫތީ ބުނީ އޭގެ ފަހުން ކުޅުނު ފިލްމުތައް ކުޅުނީ ސާޖަރީ ހެދުމަށްފަހު ކަމަށެވެ.
ޝްރޫތީ އިތުރަށް ބުނިގޮތުގައި ސާޖަރިގެ ވާހަކައަކީ ގިނަ ބަޔަކު ފާޑުކިޔާ ވަހަކަތަކެކެވެ. އަދި އޭގެ ފަހަތުގައިވާ ވޭނަކީ އެއްވެސް މީހަކަށް ތަޞައްވަރު ނުކުރެވޭނެފަދަ ވޭންހުރި ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
ޝްރޫތީ އަކީ ސައުތުގެ ފިލްމު އިންޑަސްޓްރީގަ އާއި ބޮލީވުޑްގައިވެސް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ތަރިއެކެވެ. ހަމައެހެންމެ އޭނާގެ އެކްޓުކުރުމުގެ ހުނަރުން ޝްރޫތީ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ސްކޭނަރެއް ގެންނަނީ
ރަމަޟާން މަސް ނިމެންދެން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!
